ރާއްޖެ

ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަގާމަށް އުސްތާޛާ މަރިޔަމް ޝަމްއާ

ރަޖިސްޓްރަރ އޮފް ކޮމްެޕެނީސްގެ މަގާމަށް އުސްތާޛާ މަރިޔަމް ޝަމްއާ އިސްމާއިލް އައްޔަންކުރައްވައިފިއެވެ.

 

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ޝަމްއާ އަށް މަރްހަބާ ދަންނަވާފައެވެ.

 

ޝަމްއާ އެމަގާމަށް އައްޔަންކުރެއްވީ، އެމަގާމުގައި ކުރިން ހުންނެވި މަރިޔަމް ވިޝާމް އިސްތިއުފާ ދެއްވުމުންނެވެ.

 

2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކޮންޒިއުމަރ އޮމްބަޑްސްމަންގެ މަގާމަށް އައްޔަންކުރެއްވި މަރިޔަމް ޝަމްއާ އިސްމާއީލް ވަނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލަރ އޮފް ލޯސް ހާސިލްކުރައްވާފައެވެ. ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

 

ޝަމްއާ އިސްމާޢީލް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަގާމާއި ސްޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަގާމު ވެސް އަދާކުރައްވާފައެވެ.

 

އަލްއުސްތާޛާ މަރިޔަމް ޝަމްއާ އިސްމާޢީލް ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ 31 އޮގަސްޓު 2021 ގައެވެ.

 

 

ކޮމެންޓް