ރާއްޖެ

އުސްގެކޮޅު ދާރުލްއާސާރަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށްއަވަހަށް ފަށާނެ: މިނިސްޓަރ

ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅު ދާރުލްއާސާރަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށްއަވަހަށް ފަށާނެކަމުގައި ތާރީހާއި ސަގާފަތާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

 

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ އެކަމަށް ބޭނުންވާ ކުރެހުން ވެސް ނިމިފައިވާކަމަށް ވިދާޅުވެފައެވެ.

 

ރާއްޖޭގެ ސަގާފީ ކަންކަމާއި ތަރިކަ ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވިދާޅުވީ އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި ތަރިކައިގެ ތަންތަން ޒަމާނީ ގޮތައް ތަރައްގީ ކުރުމަށް ވެސް ނިންމާފައިވާކަމަށެވެ.

 

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމްއަކަށް ބަދަލުކުރުމަށް ކަމަށާއި އުސްގެކޮޅު މިއުޒިއަމްއަކަށް ބަދަލުކުރާއިރު، ސަލްޓަން ޕާކުގެ ބައެއްވެސް މިއުޒިއަމްގެ ބައެއްގެ ގޮތުގައި ތަރައްގީކުރާނެކަމަށް ވިދާޅުވިއެވެ.

 

އެގޮތުން ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމި ނަކަލު ބާއްވާފައިވާ ސަރަހައްދު ވެސް މިއުޒިއަމްގެ ބައެއްގެ ގޮތުގައި ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް ގިނަ ދުވަސްނުވެ، އެ ރަސްކަން ނިމުމަކަށް އައުމާއެކު، ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން ވެސް އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.

 

 

ކޮމެންޓް