ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ރޯދަ ހަދިޔާ މަސްދަޅު ކޭސް މިހާތަނަށް 48،000 ގޭބިސީން ގެންގޮސްފައިވާކަަމަށް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މަސްދަޅު ކޭސް ބަހާ މަރުކަޒުތަކަށް އަނެއްކާ ވެސް ބަދަލިިގެންވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މިރެއާއި މާދަން ރޭ މި ހަރަކާތް ކުރިއަށްދާނީ މިހާރެކޭ އެއްގޮތަށް މަސްދަޅު ދޫކުރަމުންދާ13 މަރުކަޒުގައި ކަމަށެވެ.
އެއަށްފަހު މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ވިދަލުވިއެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ރޯދަ ހަދިޔާ ދޫކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މަސްދަޅު ކޭސް ހޯދުމަށް މިހާރެކޭ ވެސް އެއްގޮތަށް، އޮންލައިން ޓޯކަން ނަގަންޖެހޭނެ ކަމަށާއި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން މި ހަރަކާތް ކުރިޔަށްދާނެކަމަށް ވިދާޅުވިއެވެ.