ރާއްޖެ

ކާނުތައް ސާފުކުރުމުގެ މަސައްކަތަށް ލޯކަލް ކައުންސިލް މިނިސްޓްރީގެ މުވައްޒަފުން

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ކައުންސިލް މިނިސްޓްރީން ފަށައިފިއެވެ.

 

މިއީ ވާރޭ ވެހިއްޖެ ނަމަ މާލޭގައި، ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައި އެ މިނިސްޓްރީން ފެށި މަސައްކަތެކެވެ. މި މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.

 

މި މަސައްކަތް ފެށުނުވަގުތު މިކަން ހިނގަމުންދާގޮތް ލޯކަލް ކައުންސިލް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ބައްލަވާލައްވާފަައެވެ.

 

މިއީ މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފުކުރުމަށް އެ މިނިސްޓްރީން ހިންގާ ވަރަށް މުހިންމު ހަރަކާތެއް ކަަމަށް ވަނީ އެ މިނިސްޓްރީން ވިދާޅުވެފައެވެ.

 

މާލެއަށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ޖެހޭއިރު، ސިފައިންނާއި ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން އަދި އެ މިނިސްޓްރީން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

 

ކޮމެންޓް