ފްރާންސް އާއެކު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން ރާއްޖެއިން އެގައުމަށް ކަނޑައަޅުއްވާފައިހުންނަވާ ނޮން ރެސިޑެންޓް ސަފީރު ޑރ. އިރްތިޝާމް އާދަމް ދެއްވައިފިއެވެ.
އެކަމަނާ މި ޔަގީންކަން ދެއްވީ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ޑރ. އިރުތިޝާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހި ސަރުކާރާއި ދިވެހިން ރައްޔިތުންގެ ފަރާތުން ފްރާންސްގެ ރައީސާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
މީގެއިތުރުން ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. ހާއްސަ ގޮތެއްގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
ޑރ. އިރުތިޝާމް އާދަމްއަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ވެސް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.