ރާއްޖެ

ހަމައެކަނި އީމާންވެއްޖޭ ބުނުމަކުން އިމްތިހާނު ނުކުރައްވައި ދޫކޮށްލާނެ: ޑރ. އަބްދުއްސައްތާރު

އިމްތިހާނުގެ އެއް މަގްސަދަކީ އިސްލާހުވުން ކަމަށާއި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ގޮތުގައި އަނެއް މަގްސަދަކީ ތާހިރުވުމާއި ދަރަޖަ މަތިވެރިވުން ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

 

ޑރ. އަބްދުއްސައްތާރު ވަނީ އިމްތިހާނުތައް ކިތަންމެ ގިނައިން ކުރިމަތިވިޔަސް ކެތްތެރިކަން އިސްކުރުމަކީ މުހިންމު ކަމެއްކަމަށާއި މުސީބާތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ، ގިނަގިނައިން ނަމާދުކުރުމާއި ދުޢާކުރުމުގައި ދެމިހުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

 

މީގެއިތުރުން މުސީބާތްތަކަށް ކެތްތެރިވުމަކީ ސަވާބު ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށާއި މުސީބާތެއް ޖެހުމުން އެމީހެއްގެ ދުޢާ އަވަހަށް އިޖާބަކުރެއްވުމަށް އެދޭ މީހާ، އޭނާ ހެޔޮހާލުގައި ހުންނައިރު ގިނަގިނައިން މާތްﷲ އަށް ދުޢާ ދެންނެވުމުގައި ދެމިހުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. އަދި މިގޮތަށް ޢަމަލުކޮށްފިނަމަ، މުސީބާތެއް ޖެހޭ ހިނދު އެ މުސީބާތުގައި ގިނަ ދުވަހު ނުބަހައްޓަވާނެ ކަމަށް ވެސް ފާހަގަކުރައްވާފައި ވެއެވެ.

 

ޑރ. ޢަބްދުއްސައްތާރު އިތުރަށް ވިދާޅުވީ ކޮންމެ މުއުމިނަކުވެސް އިމްތިހާނު ކުރެވޭނެ ކަމަށާއި، އެއްވެސް އިންސާނަކު އިމްތިހާނު ނުކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދޫކޮށެއް ނުލައްވާނެކަމަށެވެ. އަދި ހަމައެކަނި އީމާންވެއްޖެއޭ ބުނުމަކުން އިމްތިހާނު ނުކުރައްވައި ދޫކޮށްލައްވާނެ ކަމަށް މީސްތަކުން ހީކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. 

 

 

ކޮމެންޓް