ރާއްޖެ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު ޓްރާންސް މިނިސްޓްރީން ކުރިއަށް ގެންދަނީ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު ޓްރާންސްޕޯޓު މިނިސްޓްރީން ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

 

މީގެކުރިން މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިއަށް ގެންދިޔަ މި އިމްތިހާނު މިނިސްޓްރީން ކުރިއަށްގެންދަނީ މާރޗު 6 ވަނަ ދުވަހުން ފެށިގެންނެވެ.

 

މި ބަދަލާއެކު، އިމްތިހާނު ހެދުމުގެ އިންތިޒާމުތަކާއި ކަމާގުޅޭ އެހެނިހެން ކަންކަން ބަލަހައްޓާނީ ސީދާ މިނިސްޓްރީންނެވެ.

 

ގްރޭޓަރ މާލެ ސަރަހައްދުން މި ހިދުމަތަށް އެދޭ ފަރާތްތަކުން ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ތިއަރީ އިމްތިހާނު ހަދާ ސެންޓަރެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އިޚްތިޔާރު ކުރަންވާނެއެވެ. މި ބަދަލުގެ ސަބަބުން، ޑްރައިވިންގ ލައިސަންސް ހެދުމުގެ މަރުޙަލާތައް އެއް ތަނަކުން ކުރިއަށް ގެންދެވޭނެއެވެ.


ކޮމެންޓް