ރާއްޖެ

ރޯދަމަހު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލެއް

ޓްރާންސްޕޯޓު މިނިސްޓްރީން ރަމަޟާން މަހާއި ޝައްވާލް މަހުގެ ކުރީކޮޅު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

 

އެގޮތުން ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވޭނީ ހެނދުނު 9:30 އިން ހވީރު 4:30 އަށް އަދި ރޭގަނޑު 8 ން ހެނދުނު 8 ޖަހަންދެންނެވެ.

 

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މުދާ އުފުލުމުގެ ގަޑިތަކަށް ވެސް ބަދަލުގެނެސްފައިވާއިރު، މި މުއްދަތުގައި މުދާ އުފުލޭނީ ހެނދުނު 6 ން ހަވީރު 4:30 އަށް އަދި ރޭގަނޑު 8 ން ހެނދުނު 6 ޖަހަންދެނެވެ.

 

މި ގަވާއިދާ ޚިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މި ބަދަލުތައް ގެނެވިފައިވަނީ ރޯދަމަހު މާލޭގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، ރަމަޟާން މަހުގެ އަޅުކަންތަކަށް ފަސޭހަވާނެ ގޮތަށް ރިއާޔަތްކޮށެވެ.

 

 

ކޮމެންޓް