ރާއްޖެ

އަމާޒަކީ މި މަހުގެ 10 ގެ ނިޔަލަށް ރޯދަ ހަދިޔާ ބަހާ ނިންމުން: މިނިސްޓަރ

އަމާޒަކީ މި ހިނގާ މާރިޗު މަހުގެ 10 ގެ ނިއަލަށް ރޯދަ ހަދިޔާ ބަހާ ނިންމުން ކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

 

މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ހުވަދު އަތޮޅުގެ ދެ ބުރިއަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހައި މަސްދަޅު ކޭސް މިއަދު ލިބޭނެކަަމަށެވެ. އޭރުން ރާއްޖޭގެ ހުރިހައި ހިސާބަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވުނީ ކަމަށް ވެސް ވިދާޅުވިއެވެ.

 

ރޯދަ ހަދިޔާއާ ބެހޭ ގޮތުން މިނިސްޓަރު ކުރެއްވި ޕޯސްޓާއެކު ރަމަޟާން މަހު މާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަންތަން ހާމަކޮށް މިނިސްޓްރީން ކޮށްފައިވާ ޕޯސްޓް ވެސް ހިމަނުއްވައިފައި ވެއެވެ.

 

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ރަމަޟާން މަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11:30 އަށެވެ. 

 

 

ކޮމެންޓް