ރާއްޖެ

ފަރްހަތު، އައިޖީއެމްއެޗުން މިފްކޯ އަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަންކޮށްފިއެވެ.

 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ އެމަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަންކުރައްވާފައިވާ ކަމަށެވެ.

 

މި މަގާމަށް ފަރުޙަތު އައްޔަންކުރައްވާފައި މިވަނީ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. ފައިބެއަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެމަގާމަށް އައްޔަންކުރެއްވި ޑރ. ވިޓާލީ އެމަގާމުން ވަކިކުރެއްވީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.

 

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތްކުރިއެރުވުމަށް 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.

 

 

ކޮމެންޓް