ރާއްޖެ

އޮފީސްތަކުގެ ގުރްއާން މުބާރާތް ފެށިގެން ކުރިއަށް

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފިއެވެ.

 

ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ބެލުމުގެ ދަށުން މިއަހަރު ކުރިއަށްދާ މުބާރާތުގައި 24 އޮފީހަކުން 94 ބައިވެރިން ވާދަކުރެއެވެ.

 

މި މުބާރާތުގެ ކިޔެވުން ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކިޔެވުން ކުރިއަށް ގެންދަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

 

މި މުބާރާތަކީ ރަމަޟާން މަސް އިހްޔާކޮށް ދިރުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

 

 

ކޮމެންޓް