ރާއްޖެ

ގަރާޖެއް ބަލައި ފާސްކޮށް 2 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް

އިމިގްރޭޝަން ވޮޗް އަށް ލިބުނު މައުލޫމާތުގެ އަލީގައި 2 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސްފިއެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

 

އެގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މާރިޗު 4 ވަނަ ދުވަހު މެންދުރުފަހު މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އެ އިދާރާގެެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި އިމިގްރޭޝަނާއި ކަމާއިގުޅުންހުރި މުވައްސަސާތައް ގުޅިގެން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ގަވާއިދާ އެއްގޮތަށް އުޅުމަށް ފުރުސަރު ވެސް ދެއްވައެވެ.

 

މީގެއިތުރުން ބައެއް ފަރާތްތައް ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓު ވެސް ދަނީ ކުރަމުންނެވެ


ކޮމެންޓް