ރާއްޖެ

އައިޖީއެމްއެޗްގެ ކަސްޓަމަރ ކެއަރގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަޝްވަރާކޮށްފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދެމުންގެންދާ ހިދުމަތްތައް ހަރުދާނާކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޡިމް އިބްރާހިމް އެހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

 

މިބައްދަލުމުގައި އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއި ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކޮށް ގެންދިއުމަށް މިނިސްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.

 

މީގެއިތުރުން އައިޖީއެމްއެޗް އިން ފޯރުކޮށްދޭ ހިދުމަތްތަކާއި އެހިދުމަތްތަކާއި ގުޅޭ މައުލޫމާތު ވީހާވެސް ސާފުކޮށް، ރައްޔިތުން އިހްތިރާމްކުރާ އަދި ބަލައިގަންނަ ތަނަކަށް އެހޮސްޕިޓަލް ހެދުމަށްޓަކައި ކަސްޓަމަރ ކެއަރގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މިނިސްޓަރ ވަނީ އައިޖީއެމްއެޗްގައި އެނދުގެ އަދަދު ނުވަތަ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ވެސް ބައްލަވާލައްވާފައެވެ.

 

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ހިދުމަތްފުޅާކޮށް، އެޑްމިޓްކޮށް ހިދުމަތްދޭ ފަރާތްތަކަށް ދެމުންދާ ހިދުމަތް ހަރުދާނަކުރުމަށްޓައި 75 އެނދު އިތުރުކުރުމަށް ވަކި އޭރިއާއެއް އެހޮސްޕިޓަލުގައި ދަނީ ތަރައްގީކުރަމުންނެވެ. 

 

 

ކޮމެންޓް