އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ އިހްޔާ ފޯރަމް އާއި ގުޅިގެން އެރަށު ރައްޔިތުންނަށާއި ކައުންސިލަށް ޝުކުރު އަދާކުރައްވާ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އެރަށު ކައުންސިލުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެެވެ.
މި ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އަތޮޅުތެރޭގެ 7 ރަށެއްގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ގައްދޫގައި ކުރިއަށް ދިޔައީ މި ސިލްސިލާގެ ފުރަތަމަ ފޯރަމްއެވެ. މި ފޯރަމްއަށް އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހާޟިރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ފޯރަމްގައި ތަގްރީރު ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުالله ސަޢުދާންއެވެ.