ރާއްޖެ

ބަހާއި ޢަމަލު ސީދާކޮށް ދޮގު ހެދުން ހުއްޓާލުމަށް ރައީސް އަށް ޑރ. އިޔާޟް އާދޭސް ދަންނަވައިފި

ބަހާއި ޢަމަލު ސީދާކޮށް، ދޮގު ހެދުން ހުއްޓާލާ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ދަންނަވައިފިއެވެ.

 

އޭނާ ރައީސް އަށް މިފަދައިން ދެންނެވީ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

 

ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު މަދުކުރުމާއި ގުޅޭގޮތުން ކުރައްވާފައިވާ މި ޕޯސްޓުގައި ޑރ. އިޔާޟް ވިދާޅުވީ ކުރިން ސުޕްރިމްކޯޓުގެ 5 ފަނޑިޔާރުން އިއްތިފާގުން ނެރޭ ޙުކުމް، އަނެއް ދުވަހު 3 ފަނޑިޔާރަކު ވެގެން ބަދަލުކުރި ދުވަސްވަރެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

 

އެެހެންނަމަވެސް މިދިޔަ ސަރުކާރުގައި އެކުލަވާލި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖްލިހަކީ މިހާތަނަށް، އެންމެ އިލްމީ އަދި ވަކި އަތަކަށް ބުރަނުވެ، މައްސަލަތައް ނިންމާފައިވާ ފަނޑިޔާރުންގެ މަޖްލިސް ކަމުގައި ފާހަގަކުރައްވާފައި ވެއެވެ.

 

މީގެއިތުރުން އެމަޖްލިސްގައި ހިމެނިވަޑައިގަންނަވާ އެއްފަނޑިޔާރަކު އިސްތިއުފާ ދެއްވަން މަޖްބޫރުވުމަކީ އަދުލު އިންސާފަށް އެޅިގެންދިޔަ ހިޔަންޔެއް ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ބަހާއި ޢަމަލު ސީދާކޮށް، ދޮގު ހެދުން ހުއްޓާލާ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ރައީސް ޑރ. މުޢިއްޒުއަށް ވަނީ އާދޭސް ދަންނަވާފައެވެ.

 

 


ކޮމެންޓް