ރާއްޖެ

އަންހެނުންގެ ދުވަހާއި ގުޅިގެން މީރީ އިން ހާއްސަ ކެމްޕެއިނެއް

މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓްގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް މީޑިއާ ކެމްޕެއިންނެއް ފަށައިފިއެވެ.

 

މިއީ މީރީ ޕްރޮޖެކްޓާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން "ހުނަރުވެރި ޒުވާނާ" ޕްރޮގްރާމްގެ ދަށުން ފެށި ކެމްޕޭނެކެވެ. އަދި ވިޔަފާރިއާއި ތަފާތު އެކި ދާއިރާތަކުން ކާމިޔާބު ހޯދާފައިވާ އަންހެނުންނާއި ބައްދަލުކޮށް، އެ ކަނބަލުންގެ ތަޖުރިބާ މުޖުތަމައާއި ހިއްސާކުރުމަށް ފެށި ކެމްޕޭނެކެވެ.

 

މި ކެމްޕެއިންގައި ބައިވެރިވެ، މަސައްކަތްކުރާ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތަކާއި އަމިއްލަ ތަޖުރިބާ ހިއްސާކުރުމަކީ އެހެން އަންހެނުންނާއި އަންހެން ކުދިންނަށް، ބޭނުންވާ ދާއިރާއަކުން ކުރިއަރައި ދިޔުމަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

 

މި ކެމްޕެއިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މީރީ ޕްރޮޖެކްޓްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

 

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ.

 

 

ކޮމެންޓް