ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވިކަން ރާއްޖޭގެ ބައެއް މީޑިއާތަކުން ހާމަކޮށް ބުނެފައިވަނީ އިސްތިއުފާ ދެއްވާފައިވަނީ މި ހަފްތާ ތެރޭގައި ކަމަށެވެ. ރަޖިސްޓްރަރ އޮފް ކޮމްޕެނީޒްގެ މަގާމަށް އޭނާ އައްޔަންކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ ޖަނަވަރީ 4 ގައެވެ.
އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވާފައިވާ މަރިޔަމް ވިސާމް، ބެޗެލަރޒް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮދަންބްރިއާ އިންނެވެ. އެއީ މާކެޓިންގ މެނޭޖްމަންޓުގެ ދާއިރާއިންނެވެ.
މަރްޔަމް ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި އެތަނުގެ މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމު ވެސް އަދާކުރަށްވާފައެވެ.