ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، ބ. ކަމަދޫގެ ކޮންމެ ގޭބިސީއަކަށް ބިސް ކޭހެއް ދިނުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ މިއީ ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ އެއްޗެއް ކަމަށެވެ. ކަމަދުއަކީ ސިޔާމް އެންމެފަހުން ކައިވެނި ބައްލަވައިގަތް އާމިނަތު ޒާރާގެ ރަށެވެ.
މީގެކުރިން ވެސް ސިޔާމް ވަނީ އެރަށު ރައްޔިތުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކޮށްދިނުމަށް ނިންމަވާ ކަމަދޫ ކައުންސިލާ ގުޅިގެން އެ މަސައްކަތް ވެސް ފައްޓަވާފައެވެ.
މީގެއިތުރުން ސިޔާމް ވަނީ ވެލިދޫ ދާއިރާގައި ހިމެނޭ ވެލިދޫ، ޅޮހި، ފޮއްދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ވެސް ބިސް ކޭހެއް ހަދިޔާކުރައްވާފައެވެ.