އެފް.އޭ.އެމް ވެޓެރަންސް ލީގުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.
މިއީ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަމުބާރާތެކެވެ.
އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި މާރިޗު 4 ވަނަ ދުވަހުގެ މެޗުގައި ވާދަކުރީ މުއިވެޔޮ އެފްސީއާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މުއިވެޔޮ އެފްސީ ޓީމުގެ ކެޕްޓަން ބޭންޑް އަޅުއްވައިގެން ކުޅުއްވަމުން ގެންދެވީ ނައިބު ރައީސްއެވެ.
މި މުބާރާތުގައި ސްޓެލްކޯ، އީގަލްސް، އަދި ޕޮލީސް ކުލަބާ ދެކޮޅަށް މުއިވެޔޮ އެފްސީގެ ޓީމުން ކުޅެން ތާވަލުކޮށްފައިވާ މެޗުތަކުގައި ނައިބު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމަ ދުވަހު ހަވީރު ފެށި، މި މުބާރާތުގެ ކުޅުން މި ފަހަރުގެ ކުރިއަށްދަނީ މާފަންނު ޓާފް ދަނޑުގައެވެ. މިފަހަރުގެ މުބާރާތުގައި 10 ޓީމެއް ވާދަކުރެއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށްދާގޮތަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.