ރާއްޖެ

އެޗްޑީސީގެ ޗެއަރމަން ނާސިފް، ވެމްކޯގެ ޗެއަރމަންގެ މަގާމަށް އައްޔަންކޮށްފި

ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއަރމަންކަމަށް އައްޔަންކޮށްފިއެވެ.

 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން އިއުލާންކުރައްވާ ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަންކަމުގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑް އަޙްމަދު ނާޞިފް، އެ މަގާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަގާމަށް މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

 

އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.

 

ނާސިފް އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 6، 2024 ގައެވެ. އޭގެކުރިން އޭނާ ހުންނެވީ ރީޖަނަލް އެއަރޕޯޓުގެ ޗެއަރމަންގެ މަގާމުގައެވެ.

 

"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތީގެ ވަގު މުއާމަލާތްތަކެއް އެޗްޑީސީން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފައިބެއަހަރުގެ ފަހުކޮޅު ފެންމަތިވެފައިވާއިރު، އެޗްޑީސީ ބޯޑުގެ ގިނަ މެންބަރުން ވަގުތީ ގޮތުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެފަހަރު ސަލާމަތްވީ ނާސިފް އެކަންޏެވެ.

 

 

ކޮމެންޓް