ދިވެއްސަކު މެލޭޝިއާގައި ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ގެއްލިގެން ހޯދަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފް ކަމަށެވެ.
އޭނާގެ އާއިލާ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އުސައިދުގެ ޚަބަރެއް އެންމެފަހުން ވީ މާރޗު 2 ވަނަ ދުވަހު ކަމަށެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެގައުމުގެ ކަމާއިބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވެއެވެ.