ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ފުރަމުން ގެންދާތީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު ކަމުން ހުސައިން ހަސަން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ ވަނީ އެމްއެމްސީގެ ރައީސް ހުސައިން ޝަގީފަށް ފޮނުއްވާފައެވެ. އެ ސިޓީގައި އިސްތިިއުފާދެއްވީ ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ފުރަމުން ގެންދާތީ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުމަކީ އެމްއެމްސީގެ މެންބަރުކަން ކުރަން ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫން ކަމުގައި ވެސް ފާހަގަކުރައްވާފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އުންމީދަކީ ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މީޑިއާ ކައުންސިލް ދެމި އޮތުންކަމަށެވެ.
"ނޫސްވެރިކަމުގެ ހަމަތަކާއި މިނިވަން މީޑިއާގެ މާހައުލެއް ހޯދައި ދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން."
ހުސައިން ހަސަން ވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގއ. ވިލިނގިލީ ދާއިރާގެ ރައީސްކަމުގެ ބައި-އިލެކްޝަންގައި ކާމިޔާބު ކުރައްވާފައިވަނީ ފާއިތުވެ ދޮިޔަ ދެ ދައުރުގައި ވިލިނގިލީ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވާފައިވާ ސައުދު ހުސައިންއާ ވާދަކުރައްވައިގެންނެވެ.
އެހެންކަމުން އެޕާޓީގެ ގައުމީ މަޖިލީހުން އޭނާއަށް ވަނީ ފުރުސަތު ލިބިފައެވެ.