ރާއްޖެ

ސަމާލުވާތި، މޫސުން އަދިވެސް ގޯސް

ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

 

އެ އިދާރާ އިން ވިދާޅުވީ މާރޗު 3 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއި ހަމަައަށް އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

 

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައި ޖެހޭއިރު، އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

 

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓުގެ އުސްމިން ހުންނާނެ ކަމަށް އެ އިދާރާ އިން ލަފާކޮށްފައި ވެއެވެ.

 

 

ކޮމެންޓް