38 މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެއުޅަނދުގައި 38 މީހުން ތިބިކަމަށާއި އޭގެތެރޭގައި ހިމެނެނީ 34 ޓޫރިސްޓުންނާއި 4 ކްރޫއިން ކަމަށް ވެސް ވިދާޅުވެއެވެ.