ރާއްޖެ

މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާ މިއަހަރުވެސް

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ބާއްވަމުން އަންނަ އިހްޔާ ޖަލްސާ މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ.

 

އެ ފައުންޑޭޝަނުން ވިދާޅުވީ ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލް ގައްޔޫމްގެ "މައުމޫން ފައުންޑޭޝަންގެ ފުރަތަމަ އިހްޔާ ޖަލްސާ އޮންނާނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ކަމަށެވެ.

 

އިސްލާމީ މަރުކަޒުގައި ބާއްވާ މި ޖަލްސާގައި ތަގްރީރުކުރައްވާނީ ރައީސް މައުމޫން ކަމަށް ވއެސް އެ ފައުންޑޭޝަނުން ވިދާޅުވެއެވެ.

 

ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުމަށް ޖަލްސާތައް ބާއްވަން ފަށާފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައެވެ. އަދި އޭގެ ފަހުން މިއަދާ ޖެހެންދެން ކޮންމެ އަހަރަކު ވެސް އިސްލާމިކް މިނިސްޓްރީން މި ފޯރަމް ކުރިއަށް ގެންދެއެވެ. 

 

 

ކޮމެންޓް