މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވާ މަޑުކޮށްލުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.
އެ އިދާރާ އިން މިފަދައިން އެދިފައިމިވަނީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީއެވެ. އަދި މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީއެވެ.
އެހެންވެ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދު މާލޭގެ މަތުތަކުގައި ނުދުއްވުމަށް ވަނީ އެދިފައެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތްދަނީ ކުރަމުންނެވެ.
މޫސުން ގޯސްވުމާއިގުޅިގެން ރާއްޖޭގެ އެކި ސަރަގައްދުތަކަށް މޫސުމީ އެކި ސަމާލު ވެސް ދަނީ ނެރެމުންނެވެ.