ރާއްޖެ

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

 

މިކަން ހާމަކުރައްވާ ރައީސް އޮފީހުގެ އިސްތަރުޖަމާން ހީނާ ވަލީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާރޗު 2 ވާ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

 

އެމަނިކުފާނު މިހެން ހަމަޖެއްސެވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.

 

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށުގެ ގޭގެއަށް ފެންވަދެ، ބައެއް ގޭގެއިން މީހުން ވެސް ވަނީ ބަދަލުކޮށްފައެވެ.

 

ސަރުކާރުން އަންނަނީ ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

 

 

ކޮމެންޓް