ރާއްޖެެއަަށް މިހާރުކުރަމުންދާ ވިއްސާރައިގާ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ އިދާރާ އިން ވަނީ އެސަރަހައްދުގެ އަތޮޅުތަކަށް ގުރުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން މާލެ އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލުވެސް ވަނީ ނެރެފައެވެ. މި ސަމާލުގައި ވެސް 40 މޭލަށް ވައިގަދަވާނެކަަމަށް ލަފާކޮށްފައި ވެއެވެ.
މި ވިއްސާރައިގާ މާލޭގެ 6 ސަރަހައްދަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރުގެންދަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ 6 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނޯ ކުރަމުންނެވެ.
އެގޮތުން އައިޖީއެމްއެޗް، މާފަންނު ފެރީ ޓަރމިނަލް، ވެސްޓްޕާކް، ސަލްމާން މިސްކިތް، ބޮޑުވަޅު އަދި ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކ. ގުރައިދޫއާއި ހުރާގައި ވެސް ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.