ރާއްޖެ

ދިވެހީންގެ އެހީތެރިކަމާއެކު ބަންގްލަދޭޝްގައި މިސްކިތެއް

ދިވެހީންގެ އެހީތެރިކަމާއެކު ބަންގްލަދޭޝްގައި މިސްކިތެއް ބިނާކޮށްފިއެވެ.

 

މިއީ ދިވެހި އަމިއްލަ ފަރާތެއްގެ އެހީއާއެކު ޚިދުމަތް ޖަމްއިއްޔާ އިން ބިނާކުރި ބިސްކިތެކެވެ. ބަންގްލަދޭޝްގެ ޗަކަރިޔާ އަވަށުގައި ބިނާކުރި މި މިސްކިތް ހުޅުވާ، ފުރަތަމަ ބަންގި ގޮވީ ރާއްޖޭގައި ދީނީ އިލްމު ފެތުރުނުގައި އިސްކޮށް އުޅުއްވާ އަލް އަޚް ޢަލީ ރަމީޒުއެވެ.

 

މިސްކިތް ހުޅުވާ، ބަންގި ގޮވުމަށްފަހު މީސްމީޑިއާ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޢަލީ ރަމީޒު ވިދާޅުވީ 'މިސްކިތް ހުޅުވާ، ފުރަތަމަ ބަންގި ގޮވުމުގެ ޝަރަފް ލިބުނުކަމަށްޓަކައި ﷲ އަށް ހަމްދުކުރައްވާ ކަމަށެވެ.

 

 

 

 

 

 

ބޭނުންޖެހިފައިވާ މީހުންނާއި އާއިލާތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޚިދުމަތް ޖަމްއިއްޔާ އިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ތަފާތު އެކި އެހީތރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެކި ގައުމުތަކުގައި ފެންވަޅު ބިނާކޮށްދިނުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު އެކި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެވެ.

 

 

ކޮމެންޓް