ރާއްޖެ

ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕު ޑިފެންސް މިނިސްޓްރީގެ ދަށުގައި ބަހައްޓަނީ

މާލެ ސިޓީ ކައުންސިލުން، މާލޭގައި ފެންހިންދުމަށް ގެނެސްފައިވާ (ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަން) ދެ ޕަމްޕް ޑިފެންސް މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައިފިއެވެ.

 

މިގޮތަށް ނިންމާ، ފެބްރުއަރީ 28 ވަނަ ދުވަހު ވަނީ އެ ކައުންސިލުގެ ސީނިއަރ ކައުންސިލް އެގްސެކްޓިވް ޢަބްދުލް މުހައިމިން ނަސީރު ސޮއި ކުރައްވާ ޑިފެންސް މިނިސްޓްރީއަށް ވަނީ ސިޓީއަކުން މިކަން އަންގާފައެވެ.

 

މިއީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތައް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ފަދަ ދެ ޕަމްޕެވެ. މިތަކެތި ރާއްޖެގެނައީ 2024 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައެވެ.

 

މި ސިޓީގައި، ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްއަކީ އަބަދުމެ، އެ ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

 

މީގެއިތުރުން މާލޭގައި ގާއިމްކޮށްފައިވާ ފެންހިންދާ ނިޒާމުގެ އެހީގައި ވާރޭ ވެހުމުގެ ސަބަބުން ރަށުތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ގޮންޖެހުތަކެއް ހުރިކަން ފާހަގަކުރާ ކަމަށާއި އެހެންކަމުން ވިއްސާރަ މޫސުމެއްގައި ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެނުގެ ސަބަބުން އާންމުރައްޔިތުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެން ބޮޑުވާ ކަމަށެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައި ވެސް މާލެ ސިޓީ ކައުންސިލުން ރަށުތެރޭގައި ޖަމާވާ ފެން ހިންދުމުގެ މަސައްކަތްތައް އެކި ފަރާތްތަކުގެ އެހީތެރި ކަމާއެކު ކުރަމުން ގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

 

މިއީ ފެން ގަނޑުތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެކެވެ. އަދި މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ.

 

މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ. 

 

 

ކޮމެންޓް