ރާއްޖެ

ފިތުރު ޒަކާތް އޮންލައިންކޮށް މިހާރުދެއްކޭނެ

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

 

ޒަކާތު ހައުސް އިން ވިދާޅުވީ މިއަދުން ފެށިގެން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއެކު އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

 

އެގޮތުން ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)، އުރީދޫ އެމް ފައިސާ (އެޕްލިކޭޝަން)، މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިލޭޝަން އަދި ފަހިޕޭ (އެޕްލިކޭޝަން) ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

 

ޒަކާތު ހައުސް އިން އިތުރަށް ވިދާޅުވީ ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ވެސް ވިދާޅުވެއެވެ.

 

ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ ރަމަޟާން މަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައް ވެސް ޒަކާތު ހައުސްއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މާރޗް އިން 20 މާރިޗުގެ ނިޔަަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1 ޖަހަންދެން ޒަކާތް ބަލައިގަންނާނެއެވެ.

 

މީގެއިތުުރުން 23 މާރޗުން 30 މާރޗުގެ ނިޔަލަށް ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 11 ން މެންދުރުފަހު 2 ޖަހަންދެން ވެސް ޒަކާތް ބަލައިގަންނާނެއެވެ. ޒަކާތު ހައުސިން އިން ވިދާޅުވީ ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށް ވިދާޅުވެއެވެ.

 

މިއަހަރު ފިތުރުޒަކާތުގެ ގޮތުގައި އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުންނަމަ 62 ރުފިޔާ، ރަތް ހަނޑުލުންނަމަ ދައްކަންޖެހެނީ 86 ރުފިޔާއެވެ. އަދި ބާސްމަތީ އާދައިގެ ހަނޑޫ ނަމަ، 74 ރުފިޔާ، ބާސްމަތީ މޮޅު ހަނޑޫނަމަ 100 ރުފިޔާއެވެ.

 

މީގެއިތުރުން ބާސްމަތީ އެންމެމޮޅު ހަނޑުލުންނަމަ 133 ރުފިޔާ، އާދައިގެ ފުށުން ނަމަ 10 ރުފިޔާ އަދި އާޓާ ފުށުންނަމަ ދައްކަންޖެހޭނީ 75 ރުފިޔާއެވެ.

 

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މި ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާން މަހުގެ ރޯދައާއެކު ހިޖުރައިން 2 ވަނަ އަހަ


ކޮމެންޓް