ރާއްޖެ

ސިޔާސީ ފިކުރު ތަފާތުވިޔަސް، ހިދުމަތްދެނީ އެކަމަށް ނުބަލާ: މޭޔަރު އާޒިމް

މާލެ ސިޓީ ކައުންސިލަކީ ސިޔާސީ ފިކުރު ތަފާތު ވިޔަސް، ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ގުޅިގެން، ޢަމަލީގޮތުން މަސައްކަތްކޮށް ކާމިޔާބު ހާސިލުކުރުމުގެ ނަމޫނާ ކައުންސިލެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ލޮނިޒިޔާރަތް ޕާކުގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

 

ޢާޒިމް ވިދާޅުވީ ވޭތުވެދިޔަ 2024 ވަނަ އަހަރު ހާސިލުކުރި ކާމިޔާބުތަކުން އެކަން ފެންނަން ހުންނާނެ ކަަމަށެވެ. އަދި އެކަމަށްޓަކައި ވަނީ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝާއި ހުރިހާ ކައުންސިލަރުންނަށާއި މާލެ ސިޓީގެ ޑަބްލިޔުޑީސީގެ މެމްބަރުންނަށް ހާއްސަ ޝުކުރެއް ދަންވާފައެވެ.

 

މީގެއިތުރުން މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ބާކީ އޮތްބައިގައި ވެސް، ވޭތުވެދިޔަ ތަނުގައި ވުވައްޒަފުން ދެއްވި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ގުޅިގެން މަސައްކަތްކޮށް މާލެ ސިޓީގެ ރައްޔިތުން އުފާވާ ކަހަލަ ހިދުމަތްތަކެއް ދިނުމަށް މަސައްކަތްކޮށް ދެއްވުމަށް ވެސް ހުރިހާ މުވައްޒަފުންނަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ. 

 

 

ކޮމެންޓް