މޫސުން ގޯސްވުމާއިގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ގދ އަތޮޅާއިހަމައަށެވެ. އެ ސަމާލުގައި ވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، ރާއްޖެއަށް މިހާރުކުރަމުން މިދަނީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް ވެސް އެ އިދާރާ އިން ހާމަކުރެއެވެ.
މީގެއިތުރުން ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.