ރާއްޖެ

އަޔާދީގެ ޙައްޖު އަދި ޢުމްރާ ތަކާފުލްގެ އަގަށް ހެޔޮ ބަދަލުތަކެއް

އަޔާދީ ތަކާފުލްގެ އަހަރީ ދުވަހާއި ގުޅިގެން ޙައްޖު އަދި ޢުމްރާ ތަކާފުލްގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

 

އެ ކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 50 އިންސައްތަ އަށްވުރެ ބޮޑު ޑިސްކައުންޓެއް ވަނީ ގެނެސްފައެވެ. އަދި މި ބަދަލުގެދަށުން ކޮންމެ ޙައްޖު އަދި ޢުމްރާވެރިއަކަށް ވެސް 300 ރުފިޔާއަށް މިޕްލޭން ބަލައިގަނެވޭނެއެވެ.

 

ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދަތުރުމަތީގައި ދިމާވެދާނެ ސިއްހީ އަދި މާލީ ގެއްލުން ލިބޭ ހާލަތްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޙައްޖު ތަކާފުލް ކުރިން ފޯރުކޮށްދީފައިވާ އަގަކީ 750 ރުފިޔާއެވެ. އަދި ޢުމްރާ ތަކާފުލް ކުރިން ފޯރުކޮށްދެމުންދިޔަ އަގަކީ 550 ރުފިޔާއެވެ.

 

އަޔާދީ ތަކާފުލްއިން މައުލޫމާތު ދޭ ގޮތުގައި ފާއިތުވި 11 އަހަރުވެސް ކުންފުނީގެ މައިގަނޑު އަމާޒަކަށްވެފައިވަނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ، އިސްލާމީ ޝަރީއަތާ ރައްޓެހި އިންޝުއަރަންސް ނިޒާމެއް ގާއިމްކުރުމެވެ.

 

އެގޮތުން މިފަހަރު މިގެނައި ބަދަލާއި އެކު ޙައްޖު އަދި ޢުމްރާއަށް ދާ ފަރާތްތަކަށް ޕްލޭން ނެގުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެގޮތުން ބީއެމްއެލް އިން ޙައްޖާއި ޢުމްރާވެރިންނަށް ޑޮލަރު ދޫކުރަމުންދާ، ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާއިން ޙައްޖާއި ޢުމްރާއަށް ހާއްސަ ތަކާފުލް ޕްލޭންގެ މައުލޫމާތު ސާފުކޮށް، ނެގޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

 

މިހިދުމަތް މާރޗު 13 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9 އިން 11:30 އަށް ލިބޭނެއެވެ.

 

މައި އެލައިޑް ޕޯޓަލް: https://myallied.mv/hajj-umrah/hajj-umrah-takaful

 

 

ކޮމެންޓް