ރާއްޖެ

ރަމަޟާން މަހު މާލޭގެ3 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ

މިއަހަރުގެ ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

 

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެއީ މާލޭގެ 16 މިސްކިތަކާއި ހުޅުމާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއް ކަމަށެވެ.

 

މިއަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ އެންމެ ބޮޑު މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒުގައި ތަރާވީޙު ނަމާދު ކުރައްވާނީ، އެމަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދު އަދި އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފްއެވެ.

 

މީގެއިތުރުން ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠީފްއެވެ.

 

ސަލްމާނު މިސްކިތުގައި ރަމަޟާން މަހު ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިންއާއި އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމްއާއި އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.

 

ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދެއްވާފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.

 

ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ މިސްކިތްތައް: https://www.gazette.gov.mv/iulaan/330285

 

 

 

ކޮމެންޓް