އެގްރިކަލްޗަރ އެންޑް އެނިމަލް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައިފިއެވެ.
އެކަމަނާގެ މިޒިޔާރަތުގައި ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ދަންޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާމިންވަރަކަށްތޯ ވަނީ ބައްލަވާފައެވެ. އަދި އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިޔަށްދާގޮތްވެސް ވަނީ އޮޅުންފިލުވާފައެވެ.
މި ޒިޔާރަތުގައި މާރުކޭޓުގައި ތަކެތި ވިއްކުމަށް ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނދުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކެޓްގައި ވިއްކާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑު އައްސަވާފައެވެ.
މީގެއިތުރުން ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އެފަރާތްތަކުގެ މަޝްވަރާ އާއި ހިޔާލުތައް ވެސް ވަނީ އަޑު އައްސަވާފައެެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމާއި ގައުމުގައި ކާބޯތަކެތީގެ ޔަގީކަން ކަށަވަރުކުރުމަކީ އެ މިނިސްޓްރީގެ އަމާޒެވެ.