ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.
މި ލިސްޓު އާންމުކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، މިއަދު މެންފުރުފަހުއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ވެރިފިކޭޝަނަށްފަހު، ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 1423 ފަރާތެއް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 ފަރާތް ކަމަށެވެ.
2695 ފަރާތެއްގެ ފޯމު ޝަރުތު ހަމަނުވާކަމަށް އެމްޑީޕީ ސަރުކާރުން ކަނޑައަޅާފައިވާއިރު، 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާއެކު ފްލެޓް ލިބޭ ލިސްޓުން އުނިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 1820 ފަރާތަކަށް ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާއިރު ބާކީ ހުރި ފްލެޓްތަކަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ އެ ސްކީމަށް ހުޅުވާލުމުން ކުރިމަތިލި 15000 ފޯމު ރިވިއު ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރިއިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހުން ކަމަށެވެ. އަދި 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާއިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާ އެކު ލިސްޓުން އުނިކުރެވިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުގެ ގެޒެޓް: https://www.gazette.gov.mv/iulaan/330304
ދެ ކޮޓަރި ލިބޭ މީހުންގެ ލިސްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/217252.pdf
ތިން ކޮޓަރި ލިބޭ މީހުންގެ ލިސްޓު: https://storage.googleapis.com/gazette.gov.mv/docs/iulaan/217254.pdf