މުލަރޯދަ ހަދިޔާގެ ނަމުގައި ފަލަސްތީނަށް އެހީވުމަށް ހާއްސަ ހަރަކާތެއް ހިންގުމަށް އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.
'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެ އެސޯސިއޭޝަނުން ވިދާޅުވީ މިއީ މިއީ ފަލަސްތީނިގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ ހާއްސަ ކެމްޕޭނެއް ކަމަށެވެ. އަދި މި ހަރަކާތް އޮންނާނީ މިއަހަރުގެ ރަމަޟާން 1 ވަނަ ދުވަހު ކަމަށެވެ.
މިހާރު ތާވަލުކޮށްފައިވާގޮތުން މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އެ ދުވަހުގެ މެންދުރު ނަމާދު ވަގުތުން ފެށިގެން އަސުރު ނަމާދު ވަގުތަށް މާލޭގެ ހުކުރުކުރާ މިސްކިތްތައް ކައިރީގައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް މިކަަމަށް އެހީތެރިކަން ފޯރުކޮށްދީ، ފަލަސްތީނުގެ ރައްޔިތުންނަށް ކިތަންމެކުޑަނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އެ ޖަމްއިއްޔާ އިން ވަނީ އެދިލައްވާފައެވެ.
މި ހަރަކާތަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވެސް އެފަރާތުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ތިރީގައި މިވާ ދެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ޕޯސްޓަރުގައި އެވާ ކިއުއާރް ކޯޑު ސްކޭން ކުރެއްވުމުން އިތުރު މައުލޫމާތު ވެސް ލިބިވަޑައިގަންނަވާނެއެވެ.
ދިވެހި ރުފިޔާ އެކައުންޓް: 7770000182716
ޔޫއެސް ޑޮލަރ އެކައުންޓް: 7770000182715