ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކް ކޯހެއް ފަށައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގާ ކޮމިޔުނިޓީ އަޕްސްކިލިން ޕްރޮގްރާމް (ސީ.ޔޫ.ޕީ) ގެ ތެރެއިން ފަށައިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މިމަހު 24 ވަނަ ދުވަހު ފެށި މި ޕްރޮގުރާމު ކުރިއަށް ގެންދަނީ އއ. އުކުޅަހުގައި ފަށާފައިވާއިރު، މި ޕްރޮގުރާމުގައި 30 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ސީ.ޔޫ.ޕީ އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް ޔޫތް މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.