ރާއްޖެ

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ފާސްކޮށްފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 

ކޯޓުތަކުގެ ގާނޫނަށް ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އެވެ. އަދި މި އސިްލާހު މިއަދު ފާސްކޮށްފައިވަނީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން މަޖިލީހުގައި ވަކި ވަކި މެންބަރުންނާ ސުވާލުކޮށް ނުވަތަ ރޯލް ކޯލް ވޯޓަށް އަހައިގެންނެވެ.

 

މި އިސްލާހު ފާސްކުރަން ފެންނަކަމަށް 68 މެމްބަރުން ވޯޓުދއްވިއިރު، 9 މެމްބަރަކު ވަނީ ނުފެންނަކަމަށް ވޯޓުދެއްވާފައެވެ.

 

މިއަދު މަޖިލިސް ހިނގަމުންދިޔައިރު، އެންމެފާހަގަކޮށްލެވުނު އެއްކަމަކީ ވޯޓަށް އަހަމުން ދިޔަ ވަގުތު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަޖިލިސް ތަޅުން ދޫކުރައްވައި ނިކުމެވަޑައިގަތުމެވެ. އަދި އެހެންކަމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައިވެސް އަޒާން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

 

އެއާއެކު ޕީއެންސީގެ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްލާފައެވެ.

 

މީގެއިތުރުން ގަލޮޅު ދެކުނު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި އެ މެންބަރުން ވަނީ ތަޅުމުން ނެރެފައެެވެ.

 


ކޮމެންޓް