މާފު ކުރުމާއި ހިތްހަމަޖެހުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ން 5:30 އަށެވެ.
މިއީ މިމަހު އިސްރަށްވެހިންނަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަން ނަގައިދޭ ދެވަނަ ސެޝަނެވެ. މިދިޔަ އަހަރު ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެއުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.
މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.