ށ. އަތޮޅުގެ ރައްޔިތުން ޕާސްޕޯޓު ހެއްދުމަށް މީގެކުރިން އުފުލަމުން ދިޔަ ބުރަބޮޑު ތަކުލީފަށް ނިމުން ގެނެސް، އެ އަތޮޅުން ޕާސްޕޯޓު ލިބޭނޭ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ހިދުމަތް ށ. އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން މިހާރު ނެގޭނެކަމަށެވެ.
މި ހިދުމަތް އެ އަތޮޅުގައި ފަށާފައި މިވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އެ ހިދުމަތްތައް ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ މުހިންމު ސިޔާސަތުގެ ދަށުންނެވެ. މި މަސައްކަތް އިފްތިތާހުކޮށްފައިވަނީ ފައިބެއަހަރުގެ ނޮވެމްބަރ 16 ގައެވެ.
މި މަސައްކަތުގެ ދަށުން މިހާތަނަށް 9 އަތޮޅެއްގައި ޕާސްޕޯޓް ހިދުމަތް ފަށާފައިވާއިރު، މާލެ، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އަދި ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ފަށާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށެވެ.