ރާއްޖެ

ޗައިނާގެ އޮންލައިން ޕްލެޓުފޯމުތަކަށް ޓެރިފު ބޮޑުކުރީ މޯދީ ވަޑައިގަންނަވާތީ

އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) - ފޮޓޯ: ތޭރަ އޮންލައިން

ޗައިނާގެ އޮންލައިން ޕްލެޓުފޯމުތަކަށް ޓެރިފު ބޮޑުކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާތީ ކަމަށް ޕީއެންއެފް އިން ތުހުމަތުކޮށްފިއެވެ.

 

މި ތުހުމަތު އެޕާޓީން ކުރީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ޕީއެންއެފުގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވާހަކަ ދައްކަމުންނެވެ.

 

އޭނާގެ ވާހަކައިގާ މި ސަރުކާރުގެ ވެރިންނަނީ ކުރި ސަރުކާރުގައި އިންޑިއާ އައުޓު ކިޔަމުން ގެންދިޔަ ބައެއް ކަމަށާއި އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު ކުރިން ބުނި އެތި ފައިސާގެ ދަހިވެތިކަމުގައި ކެންސަލު ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މިހާރު އަނެއްކާ މޯދީ ރުއްސަން ކަންތައްގަނޑެއް ހިނގަމުން ގެންދާ ކަމަށް ތުހުމަތު ކުރިއެވެ.

 

ވައްޑެ މިހެން ބުނެފައިވާއިރު، ބީއެމްއެލުން ވަނީ އީ-ކޮމާސް ޕްލެޓު ފޯމުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 އިންސައްތަ ބޭންކަށް ދައްކަން ޖެހޭ ގޮތަށް ނިންމާފައެވެ.

 


  • ޕީއެންއެފް
  • ސިޔާސީ ޕާޓީ
  • ޕީއެންސީ
  • އިންޑިއާ
  • ކޮމެންޓް