ރާއްޖެ

ޑރ. މާރިޔާ ގދ. އަތޮޅަށް

ދަނޑުވެރިކަމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ގދ. އަތޮޅަށް ވަޑައިގެންފިއެވެ.

 

އެ އަތޮޅު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަނޑުވެރިކަމުގެދާއިރާއިން އެއަތޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެ ވުޒާރާ އާއި އަތޮޅު ކައުންސިލާއި ގުޅިގެން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

 

މިނިސްޓަރު މި ދަތުރުފުޅުކުރައްވާފައިވާއިރު، އއ. ތޮއްޑޫ ކައުންސިލާ ވެސް ބައްދަލުކުރައްވާ، ދަނޑުތަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި ދަނޑުވެރިންގެ ކަންބޮޑުވުންތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.

 

މީގެއިތުރުން ދަނޑުވެރިންނަށް އެހީތެރިވުމަށް ކުރިއަށްދާ އަދި ރޭވިފައިވާ މަޝްރޫއުތަކުގެ ވާހަކަ ވެސް ވަނީ ދައްކަވާފައެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ ޢަމަލީ ހައްލުތައް ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއެކު ވުޒާރާއިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަނީ ކައުންސިލަށް ދެއްވާފައެވެ. 

 

 

ކޮމެންޓް