ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް (އެސްއޯއެމް) އާއި ސިޑިބަރި އާ ދެމެދު ޑިޖިޓަލް މީޑިއާ ޕާޓްނަރޝިޕް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ކުޑަ ހަފުލާއެއްގައި ފަހުމުނާމައިގާ އެސްއޯ މޯލްޑިވްްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާރސަން އިބްރާހިމް ރަމީޒު (އިބޭ) އެވެ. ސިޑިބަރީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ރައިހާންއެވެ.
މި ފަހުމުނާމައިގެދަށުން އެސްއޯ މޯލްޑިވްސްގެ މީސްމީޑިއާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި އެފަރާތުން ބާއްވާ އެކި އިވެންޓުތަކާއި ބްރޭންޑިން އަދި މާކެޓިންގ ހަރަކާތްތަކުގައި ސިޑިބަރިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ސިޑިބަރި އެމްވީ އަކީ ރާއްޖޭގައި ބާއްވާ ގިނަ މުބާރާތްތައް ހައްސަކޮށް ކި[ުޅިވަރުގެ އެކި ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯ އޭގެ އެންމެ ތާޒާކަމާއެކު ގެނެސްދޭ ހުނަރުވެރިންތަކެކެވެ. އަދި ބައެއް އިވެންޓުތަކުގެ މާކެޓިންގ އަށް ބޭނުންވާ ކަންކަން ވެސް ދަނީ ކުރަމުންނެވެ.