ޚަބަރު ރާއްޖެ

ސްޓާފް ޑިވެލޮޕްމެންޓް ޓްރޭނިންގ ސެޝަނެއް ބާއްވައިފި

ލޯކަލް ގަވަރމެންޓް މިނިސްޓްރީގެ ސީނިއަރ މެނޭޖްމެންޓާއި، މިޑްލްމެނޭޖްމެންޓްގެ ބައެއް މުވައްޒަފުންނަށް ސްޓާފް ޑިވެލޮޕްމެންޓް ޓްރޭނިންގ ސެޝަނެއް ބާއްވައިފިއެވެ.

 

ސްޓެލްކޯ ޓްރޭނިންގ ރޫމުގައި ކުރިޔަށް ގެންދިޔަ މި ޓްރޭނިންގ ސެޝަން ނަންގަވައިދެއްވީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މާލޭ އޮފީހުގެ މުވައްޒަފުންނެވެ. މި ސެޝަނުގައި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ޕްރޮގްރާމާއި ބެހޭ މައުލޫމާތު ފޯރުކޮށްދެއްވާފައި ވެއެވެ.

 

މި ސެޝަނުގައި ދެމެހެއްޓެނިވި ތަރައްގީއާ، ތަރައްގީގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތަކާ މިނިސްޓްރީ ކުރަމުންދާ މަސައްކަތްތަކާތަކާ ހުރި ގުޅުމުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި ގްރޫޕް މަޝްވަރާތައް ކުރިއަށް ގެންދެވިފައި ވެއެވެ. އަދި ދެމިހެއްްޓެނިވި ތަރައގީގެ މުހިންމުކަމާ މެދު ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.

 

މިއީ ޔޫއެންޑީޕީއާ ގުޅިގެން އެ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ މި ފަދަ ދެވަނަ ސެޝަނެވެ.

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް