ޚަބަރު ރާއްޖެ

ކުޅިވަރުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ސައުދީން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފި

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.

 

ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި އެ މިނިސްޓްރީގެ ޕާމަނަންޓް ސްކެޓްރީ އަޙުމަދު ޝިޔާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި ކުޅިވަރުގެ ރޮނގުން ދެގައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރރައްވާފައިވާއިރު، އޭގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.

 

ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި، މިނިސްޓަރު ވަނީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރައްވާ މަސައްކަތްތައް ވެސް ތަފްސީލްކޮށްދެއްވާފައެވެ.

 

ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި ކުޅިވަރުގެ ރޮނގުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

 

މީގެއިތުރުން ރާއްޖޭގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި، ވަނީ މަރުހަބާ ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިބިކަމަށެވެ.

 


  • ސްޕޯޓްސް މިނިސްޓަރ
  • ސްޕޯޓްސް މިނިސްޓްރީ
  • ސައުދީ އަރަބިއާ
  • ކޮމެންޓް