އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލުކުރާނީ އެންމެމަތީ ދަރަޖައިގާ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ ދިމަދިމާލުގައި ބާލިދީތައް ބަހައްޓާފައި ހުރުމުން މީސްމީޑިއާގައި މިކަމަށް އިޝާރާތްކޮށް ކަންބޮޑުވުން ފާޅުކުރަމުން އަންނާތީއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޓިނު އެމްޓީސީސީން ބަދަލުކުރީ ފައިބެއަހަރުއެވެ. އަދި އެތަނުގައި ޖަހާފައިވަނީ އެސްޓީއޯގެ ޓިނުކަމަށް މައުލޫމާތު ލިބެއެވެ.
އިސްލާމީ މަރުކަޒަކީ މީގެ 40 އަހަރު ކުރިން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހިންގަނީ އެ އިމާރާތުގައެވެ.