އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވަން އޮތް ޖަލްސާ ކެންސަލްކޮށްފިއެވެ.
މި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމީ މިރެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ތާވަލުކުރުމަށްފަހު، މިހާރުވަނީ ފަހުގެ ތާރީހަކަށް ބަދަލުކޮށްފައެވެ.
އެޕާޓީން ބުނީ މި ޖަލްސާ ބާއްވާނެ ތާރީހެއް ވަރަށްްއަވަހަށް ހާމަކުރާނެކަމަށެވެ.
މިއީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެސިޓީގައި ބާއްވާ ޖަލްސާއެކެވެ. މިރެއާ ހަމައަށް އައިއިރު، ބޮޑުތައްޔާރީއެއް ވެސް ވަނީ ވެފައެވެ. ޖަލްސާ ކެންސަލްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރުހުންނެވީ އެސިޓީގައެވެ.
އެމްޑީޕީ 20 ވަނަ އަހަރީ ދުވަހަށް ކުޅުދުއްފުށީގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ އިރު، މި މަހު 18 ވަނަ ދުވަހު "ރަން ރީނދޫ" ދުވުން ނަމުގައި އިވެންޓެއް ވެސް ބާއްވަން ވަނީ ނިންމާފައެވެ.