ޚަބަރު ރާއްޖެ

އުނގެނުމަށް ކުރާ ހޭދައަކީ އިންސާނަަކަށް ދުނިޔޭގައި ކުރެވޭނެ އެންމެރަނގަޅު އިންވެސްޓްމެންޓް: މިނިސްޓަރ

އުނގެނުމަށް ކުރާ ހޭދައަކީ އިންސާނަަކަށް ދުނިޔޭގައި ކުރެވޭނެ އެންމެރަނގަޅު އިންވެސްޓްމެންޓް ކަމުގައި ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުންނެވެ.

 

މިނިސްޓަރ މިހެން ވިދާޅުވީ ދަސްވެނީން ހޯދި ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި، ބޮޑެތި ގުރުބާނީތަކެއް ކަމަށާއި މުދައްރިސުން ކުރެއްވި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އުނގެނުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކރައްވައި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑު ކަމެއް، ވަރުބަލި ކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަށް ވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނެ ފަރާތަކީ ދަސްވެނީން ކަމުގައި ވިދާޅުވިއެވެ.

 

" އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް. އެކަމަކު ހަގީގީ މާނައިގައި ދެދުނިޔޭގެ ހަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަގުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން."

 

މިނިސްޓަރ އާދަމް ޝަރީފް ވަނީ މިހިސާބުން މަސައްކަތް ހުއްޓާނުލައި، އުނގެނުމުގައި އަބަދުވެސް ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް ދަސްވެނިންނަށް އިލްތިމާސް ކުރައްވާފައެވެ.

 

މީގެއިތުރުން ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށާއި ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ގާބިލުކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

 

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް